އެޗްޑީސީގެ ޗެއާމަނަކަށް ޝަހީރު, އެމްއޭސީއެލްގެ ޗެއާމަންއަކަށް ނޫރައިން

އެޗްޑީސީގެ ޗެއާމަންގެ މަގާމަށާއި އެމްއޭސީއެލްހެ ޗެއާމަންގެ މަގާމަށް މިއަދި ބޭފުޅުން އައްޔަނުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަންއިން މިއަދު އެކްސްގައި ބުނީ އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އަހުމަދު ޝަހީރު ހަމަޖައްސައިފައިވާ ކަމަށެވެ. އަދި އެމްއޭސީއެލްހެ ޗެއާމަންވެ މަގާމަށް އައިޝާ ނޫރައިން ޖަނާހު އައްޔަނުކޮށްފައިވާ ކަމަށެވެ.

ނޫރައިން ކުރިން އެމްއެމްޕީއާރުސީގެ ޗެއާމަންގެ މަގާމުވެސް ފުރުއްވާފައިވާއިރު އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރު މޭ މަހު އެވެ.

ޝަހީރު ކުރިން ވަނީ ފެނަކައިގެ ޗެއާމަންގެ މަގާމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *