ޗިކުންގުންޔާ ފެތުރޭތީ ބޭރަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އިލްތިމާސްކޮށްފި

އަވައްޓެރި ގައުމުތަކުހައި ޗިކުންގުންޔާ ފެތުރެމުންދާތީ ބޭރަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު އެކްސްގައި ބުނީ ރާއްޖެއާ އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށެވެ.

އެހެންވެ މި އީދު ބަންދުގައި ދަތުރު ކުރައްވާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަންދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ޗިކުންގުންޔާއިން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރި ކަންކަން

މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުން.
ވީހާވެސް ބޮޑަށް ނިވާވާ ގޮތަށް ފޭރާންލުން.
މަދިރި ގިނަވާ ވަގުތު ދޮރުތައް ލެއްޕުން.
ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން ނުވަތަ ކުޑަ ދޮރުތަކުގައި މަދިރި ދާ ޖެހުން.
ޗިކުންގުންޔާ ފެތުރެނީ ޑެންގީ ހުން ފަތުރާ އީޑީޒް މަދިރީގެ ޒަރިއްޔާ އިން ނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *