އެމްޑީޕީ ޙާޖާނުވެ, އަންނި އަށް ހުރަސް އަޅަން އިބޫ ދަތުރުތައް ފަށަން ނިންމައިފި

އެމްޑީޕީ ހާޖާނުވެ, ރައީސް ސޯލިހް އީދު ބަންދަށް ފަހު ތާއީދު ހޯދުމުގެ ދަތުރުތައް ފަށަން ނިންމައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހްގެ ދަތުރުތައް ފަށަން ނިންމާފައި މިވަނީ ކުރީގެ ރައީސް ނަސީދު އެމްޑީޕީ ޓިކެޓް ހޯދުމަށް މަސައްކަތް ފަށާފައިވުމުން އެކަމަށް ހުރަސް އެޅުމުގެ ގޮތުން ނެވެ.

ރައީސް ނަސީދު ދާދި ފަހުން ވަނީ އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރުމުގެ ސައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.

ރައީސް ސޯލިހް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު އެމްޑީޕީގެ ޗެއަރޕާސަން ބަގުރޫޓް ފައްޔާޒު ވެސް ވަނީ އެމަގާމުން އިސްތިއުފާ ނުދޭނެ ކަމަށް ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *