ރާއްޖެ އެތެރެކުރަނިކޮށް ކަސްޓަމްސް އިން 18 ކިލޯގެ ޑްރަގްސް އަތުލައިގެންފި

ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި 18 ކިލޯގެ ޑްރަސް ކަސްޓަމްސްގެ ހާއްސަ އޮޕަރޭޝަނެއްގައި ރޭ އަތުލައިގެންފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާ އަށް އަރާނެ ކަމަށެވެ.

"ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވަން،" މިނިސްޓަރު ލިޔުއްވާފައިވެ އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު ދަނީ އަރާހަމަކުރަމުންނެވެ.

އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، މި މަސްތުވާތަކެތި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓްގައި ވަކިވަކިން ބަންދުކޮށްފަ އެވެ. އަދި އެ އެއްޗެހި ހުރީ ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގެތެރޭގައި ފޮރުވައިފަ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އިންޑިއާގެ ބެންގަލޫރު މަގުން ގެނަައި އެއާ ކާގޯ ޝިޕްމަންޓަކުން އަތުލައިގަތް މި ތަކެތި ވަނީ ކެނަބިއޮއިޑްސް އަށް ޕޮޒިޓިވް ވެފަ އެވެ. އަދި ޖުމްލަ ބަރުދަން 18.62 ކިލޯއަށް އަރާ ކަމަށް ބުންޏެވެ.

މި މައްސަލައިގައި ހިމެނޭ ބަޔަކާ ބެހޭ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *