އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކުރި ފަވާޒަށް ދައުވާކުރަން ފޮނުވައިފި

އެކި މައްސަލަތަކުގައި މީގެކުރިން 52 ފަހަރު ހައްޔަރުކޮށްފައިވާ މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

ފުލުހުން ބުނީ މައްޗަންގޯޅި ސަހަރާ ކައިރީ ހުންނަ "ޕަރާއޯ" ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި ފައިސާ ފޭރުނު މައްސަލައިގައި ދައުވާކުރަން ފޮނުވީ ހ. ރެދަން، ފަވާޒް ކަޅުތުއްތު (36އ) ގެ މައްޗަށް ކަަމަށެވެ.

މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހުގެ މެންދުރުފަހު 3:13 ހާއިރު އިސްކަންދަރުމަގުގައި ހުންނަ އެ ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ފަވާޒަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަވާޒް ހައްޔަރުކުރީ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. ފުލުހުން ބުނި ގޮތުގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމުގަ އެވެ.

ފަވާޒަކީ މީގެކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއްކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *