ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)އިން ބުނެފި އެވެ.
އެންސްޕާއިން މިއަދު ބުނީ ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި މިދިޔަ މޭ މަހާ ހަމައަށް 14308 މީހުން ރަޖިސްޓްރީވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ މީހުންނެވެ.
އެގޮތުން ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 4091 މީހުން ހިމެނޭ އިރު މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3194 މީހުން ހިމެނެ އެވެ.
ނުކުޅެދުންތެރިކަމުގެ ގިންތީގައި ހިމެނޭ އިތުރު ފަރާތްތައް
ސިކުނޑީގެ ނުކުޅެދުންތެރިން – 1892 މީހުން
ނަފްސާނީ ނުކުޅެދުންތެރިކަން – 1753 މީހުން
އަޑު އިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން – 1740 މީހުން
ފެނުމުގެ ނުކުޅެދުންތެރިކަން – 999 މީހުން
އޯޓިޒަމް – 584 މީހުން
އުނގެނުމުގެ ނުކުޅެދުންތެރިކަން – 55 މީހުން


