2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިބޫ އިއުލާނުކުރައްވައިފި

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިއުލާނުކުރައްވައިފި އެވެ.

އެނގިފައިވާ ގޮތުގައި، އިބޫ މިކަން ހާމަކުރެއްވީ، އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. އެ ކަމަކު އިބޫގެ އެ ނިންމެވުމާ ގުޅޭ ގޮތުން އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އިބޫގެ ވަރަށް އަރިސް ބޭފުޅަކު ވިދާޅުވީ، އެ ނިންމެވުން އިއުލާން ކުރެއްވުމުގެ ކުރިން އެމްޑީިޕީގެ އެކި ފަންތީގެ ބޭފުޅުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ.

"އެ މަޝްވަރާތައް ކުރިއަށް ދާތާ ދުވަސްތަކެއް ވެއްޖެ،" އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަންޖެހިވަޑައިގަތް އިބޫ، ދެވަނަ ދައުރެއް ހޯއްދަވަން އަނެއްކާވެސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެކަން މި އިއުލާން ކުރެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން މިރޭ ޖަލްސާއެއް ބާއްވަން ތައްޔާރުވެފައިވަނިކޮށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *