ދަތިކުރުމުގެ ފިޔަވަޅުތައް އެކީއެކަށް އުވާލައިފިނަމަ އެ ޤައުމުގެ މުއްސަނދި ޔުރޭނިއަމްގެ ބާރު ދަށްކޮށްލަން ތައްޔާރު: އީރާން

މުއްސަނދި ކޮށްފައިވާ ޔޫރޭނިއަމް ސްޓޮކްގެ ބާރު ދަށް ކޮށްލާނެ ކަމުގެ އިޝާރާތެއް އީރާނުން ދީފިއެވެ.

އެމެރިކާ އާއި އެކު އޮމާންގައި މިހާރު ކުރިޔަށްދާ މަޝްވަރާގައި އެ ޤައުމުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާ މުހައްމަދު އިސްލާމީ ވިދާޅުވީ އީރާނާއި ދެކޮޅަށް އަޅާފައިވާ ބައިނަލްއަގްވާމީ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އެކީއެކަށް އުވާލައިފިނަމަ އެ ޤައުމުގެ މުއްސަނދި ޔުރޭނިއަމްގެ ބާރު ދަށްކޮށްލަން ތައްޔާރު ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމީ ވިދާޅުވީ 60 ޕަސެންޓް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ދަށްކޮށްލުމުގެ ފުރުސަތު މިއޮތީ ހުޅުވާލާފައި ކަމަށެވެ.

އީރާނުގައި ހުރި ޔުރޭނިއަމް އެހެން ޤައުމަކަށް ގެންދިޔުމަށް ނަތަންޔާހޫ އެމެރިކާ އަށް ބާރު އަޅައިރު ތެހެރާނުން ބުނީ އެޤައުމުން ޔުރޭނިއަމްގެ ބާރު ދަށްކުރާނީ، ބާރު ދަށް ޔުރޭނިއަމް އާއި އެއްކޮށްލައިގެން ކަމަށް ބެލެވެއެވެ.

އީރާނުން ބުނަނީ އެ ޤައުމުގެ ނިއުކްލިއާ މަޝްރޫޢަކީ ޞުލްޙަވެރި މަޝްރޫޢެއް ކަމަށެވެ.

ޔުފޭނިއަމްގެ ބާރު ދަށްކޮށްލުމުގެ އިޝާރާތެއް އީރާނުން މި ދިނީ އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން ތެހެރާނާއި ވޮޝިންޓަނާއި ދެމެދު ކުރިމަތިލުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *