މަސްތުގެ ހާލަތުގައި ބަދުއަހްލާގީ އަމަލް ހިންގުމަށް ފަހު ވެއްޓުނު ޔުމުނަށް ސަރުކާރާއި ރައްޔިތުން ހޭދަކުރި ތަފްސީލް ހާމަ ކުރުމަށް ގޮވާލައިފި އެވެ.
ސޯސިއަލް މީޑިޔާގައި ސުއޫރު ފާޅުކުރި ފަރާތްތަކުން ބުނަމުންދަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް ލައްކަ ރުފިޔާއެއް ސަރުކާރުން މަސްތުގެ ހާލުގައި ބަދުއަހްލާގީ އަމަލް ހިންގި ޔުމުނުގެ ބޭސް ފަރުވާއަށްދީފައިވާ ކަމަށާއި ރައްޔިތުންނަށް ތަފްސީލް އިނގެން ޖެހޭ ކަމަށެވެ.
ސަރުކާރުން މަސްތުވެ ވެއްޓުނު ޔުމުނަށް ސަރުކާރުން އެތައް ލައްކަ ރުފިޔާއެއް ހޭދަކޮށްފައި ވާއިރު ދިވެހި ރައްޔިތުން ވެސް ވަނީ ޔުމުނުގެ ފަރުވާއަށް 7 ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފަ އެވެ. ސޯސިއަލް މީޑިޔާގައި ސުއޫރު ފާޅުކުރަމުންދާ ފަރާތްތަކުން ވަނީ މިފައިސާގެ ތަފްސީލް ޔުމުންގެ އާއިލާއިން ދޭން ޖެހޭ ކަމަށާއި މިފައިސާ އެމީހުން ބޭނުންހާ ކަމަކަށް ހޭދަ ކުރެވިގެން ނުވާނެ ކަމަށް ބުނެ އަޑު އުފުލާފަ އެވެ.
ރޭ ޔުމުނު ހާލަތާއި ބެހޭ ގޮތުން އާއިލާގެ ފަރާތުން ޓީވީ ލައިވްއަކަށް އެރުމާއިއެކު ސޯސިއަލް މީޑިޔާގައި ގިނަ އަދަދެއްގެ މީހުން ވަނީ ޓެކްސް ފައިސާއިންނާއި ރައްޔިތުން އަމިއްލަ ފައިސާއިން ކޮށްފައިވާ ހޭދައިގެ ތަފްސީލް އާއްމް ކުރުމަށް ގޮވާލާފަ އެވެ.


