ކުޅުދުއްފުށީގެ ބަނދަރު ބޮޑުކުރަން އެމްޕީއެލްއާ ހަވަލުކޮށްފި

ކުޅުދުއްފުށީގެ ބަނދަރު ބޮޑުކުރަން އިކޮނޮމިކް މިނިސްޓްރީން އެމްޕީއެލްއާ ހަވާލުކޮށްފި އެވެ.

އެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން އެމްޑީ، ޑިސީޕީ ރިޓަޔަޑް މުހައްމަދު ރިޝްވާން ސޮއިކުރެއްވި އިރު އިކޮނޮމިކް މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މިއީ އެންމެ އުތުރުގެ ހަތަރު އަތޮޅުގެ ވަށައިގެންވާ ރަށްތަކަށް ހިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި ހާއްސަ ލޮޖިސްޓިކް ހަބެއް ގާއިމުކުރުމުގެ މަގުސަދުގައި ފަށާ މަޝްރޫއެއް ކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން

  • ކުޅުދުއްފުށީގެ ބަނދަރުގެ ކެޕޭސިޓީ އިތުރުކުރާނެ
  • ކާގޯ ހެންޑްލިން ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ
  • އަވަހަށް ހަލާކުވަ ޕެރިޝަބަލް ކާގޯ ރައްކާތެރިކަމާއެކު ބެހެއްޓޭނެ ނިޒާމެއް ގާއިމުކުރާނެ

ކުޅުދުއްފުށީގެ ބަނދަރު ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

އަދި މިއަދު ސޮއިކުރި މަޝްރޫއަކީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމު ގާއިމުކުރުމަށް އެޅި ފުރަތަމަ ފިޔަވަޅުކަމަށް އެމްޕީއެލްއިން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *