CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 90?

ނިޔާޒާއި ފަރުހާދުގެ މައްސަލައެއް ޖޭއެސްސީއަށް، ބަލަން ގޮތެއް ނިންމަނީ

ޖުޑީޝަލް ސާވިސް ކޮމިޝަންގައި ތިއްބަވާ ދެ ފަނޑިޔާރެއްގެ މައްސަލަ ބަލަން އެ ކޮމިޝަނުން ބަލަން ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުން ޖޭއެސްސީން ބަލަން ނިންމާފައިވަނީ  އެ ކޮމިޝަންގައި ހައި ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ސިވިލް ކޯޓު ތަމްސީލުކުރައްވާ ފަނޑިޔާރު ފަރުހާދު ރަޝީދުގެ ސުލޫކީ މައްސަލަ އެކެވެ.

ނަމަަވެސް އެއީ ކޮން މައްސަލަތަކެއް ކަމެއް ސާފެެއް ނުވެއެވެ.

އެނގިފައިވާ ގޮތުން ދެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީގެ ބައްދަލުވުމަށް އެޖެންޑާކުރަންވެސް މިހާރު ވަނީ ނިންމައިފަ އެވެ.

ނިޔާޒާއި ފަރުހާދަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރުއާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމިއިރު އެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވި ދެ ފަނޑިޔާރުން ނެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ މިދިޔަ ބުދަ ދުވަހު އެވެ.

އަޒްމިރަލްދާއާއި މަހާޒް ވަކިކުރީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *