ގީލާގެ ސަފީރުކަމުގެ ފަތްކޮޅު އީޔޫ ކޮމިޝަނުގެ ރައީސަށް އަރުވައިފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން އެ ކޮމިޝަންގެ ރައީސް، ހަ އެކްސެލެންސީ އުރްސުލާ ވޮން ޑާ ލެޔެންއަށް މިއަދު އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބްރަސްލްސް ގައި ހުންނަ ޔޫރަޕިއަން ކޮމިޝަން ހެޑްކުއާޓާސް، ބާލެމޮންޓް ބިލްޑިންގަ އެވެ.

ފަތްކޮޅު އެރުވުމަށް ފަހު، ސަފީރު ގީލާ އަލީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އުރްސުލާ ވޮން ޑާ ލެޔެން އަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އާއި އީޔޫއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ވެސް ގީލާ އެރުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ޔޫރަޕިއަން ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އުރްސުލާ ވިދާޅުވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *