ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ކުރިން ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލް އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހު އެޕްރީލް މަހު އެ މައްސަލަގައި ހައްޔަރުކުރި ރައުދުގެ ބަންދުގެ މުއްދަތު ހަތަރު ފަހަރު މަގިން ޖެހުމަށް ފަހަ ފަހު އޭނަ ދޫކޮށްލީ މިއަދު އެވެ. ކްރިމިނަލް ކޯޓުން ރައުދު ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު ހަމަވެސް ނުވަނީހެވެ.

އެނގިފައިވާ ގޮތުން އޭނާ މިއަދު އަނެއްކާވެސް ވަނި ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުލިބެ އެވެ.

ރައުދުގެ ބަންދު އަމުރުތައް ހާމަކުރުން ކޯޓުން ހާމަކުރުން ހުއްޓާލައިފައިވާ އިރު ކުރިން ނެރުނު ބަންދު އަމުރެއްގައިވަ ގޮތުން ޔުމްނު ވެއްޓުނު ރޭ ރައުދުއާ ދެމެދު ހަމަނުޖެހުމެއް ހިނގި އެވެ.

ޔުމްނު ވެއްޓުނު ރޭ  އޭނާއާ ރައުދު މއ. މާންދޫގޭ ދެކުނުގެއަށް ވެސް ބަޔަކާއެކު ދިޔަ އެވެ. އެ ގެއަށް ދިޔަ މީހުންނާއި އޭނާ އާއެކު އުޅުނު މީހުން ދެނެގަނެ، އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުންދާއިރު އޭނާގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުނަ ނުލިބޭތީ މެލޭޝިއާގެ ފުލުހުންނާ ގުޅިގެބް ބަޔާން ނަގަން ފުލުހުން މިހާރު ދަނީ މަސައްކަތް ކުރަމުން ނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *