އިމިގްރޭޝަންގެ ވަޒީފާތަކަށް 800 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދުމަށް ނިންމައި ކުރި އިއުލާނާ އެކު އެ ވަޒިފާއަށް 870 އަށްވުރެ ގިނަ މީހުން ކުރިމަތިލި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ވަޒީފާތަކަށް ކުރިމަތިލި މީހުންނާ އިންޓަވިއު ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން ބުނީ އެންމެ ފުރަތަމަ އޮތީ ހަ އިންޓަވިއު ޕެނަލަކުން ކެންޑިޑޭޓުން އިންޓަވިއު ކުރަމުން ގޮސް އިއްޔެ ހަވީރު 5 ޖަހާއިރަށް ނިންމުމަށެވެ.

ނަމަވެސް ފަހުން ނުވަ ޕެނަލްއަކުން އިންޓަވިއު ނަގަމުންދާ ކަމަށް ބުންޏެވެ. އަދި ރޭ 10 ޖަހަންދެން އިންޓަވިއުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އިންޓަވިއުއިން ހޮވޭ މީހުންގެ މެދުގައި އިމްތިހާނެއް ވެސް ބާއްވާނެ އެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި ވަޒިފާއަށް ހޮވޭނީ އެންމެ މަތިން މާކްސް ލިބޭ 50 މީހުންނެވެ. އަދި އިމްތިހާނު އޮންނާނެ ތާރީހެއް އިމިގްރޭޝަނުން ފަހުން އިއުލާން ކުރާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *