ފަތުރުވެރިކަމަށް ދޫކުރަން ހުޅުވާލި ފަޅަކަށް އަނެއްކާ ވެސް ބަދަލުގެ ނެސްފި

ފަތުރުވެރިކަން ތަރައްގީކުރަން މިދިޔަ އަހަރު މޭ މަހު ހުޅުވާލި ފަޅަކަށް ބަދަލު ގެނެސްފި އެވެ.

ފަތުރުވެރިކަން ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް ތިން ފަޅަކަށް ޕްރޮޕޯސަލް ހުށަހަޅެމުގެ ފުރުސަތު މިދިޔަ އަހަރު މޭ މަހު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި އެވެ.

އެގޮތުން ކ. އަތޮޅުން ތިން ފަޅެއް ދޫކުރަން ހުޅުވާލިއިރު ދޫކުރަން އެންމެ ފުރަތަމަ ނިންމި ފަޅުތަކަށް ފަހުން ބަދަލު ވެސް ގެނައެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ކުރިން ކ. އަތޮޅުން ދޫކުރަން ނިންމި ފަޅުގެ ބަދަލުގައި ބ. ގޮއިދޫ ފަރުން ސަރަހައްދެއްގެ ފަޅެއް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެއީ 14.28 ހެކްޓަރުގެ ސަރަހައްދެކެެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ފަޅުތައް ހިއްކައި ރިސޯޓުތައް މީގެ ކުރިން ވެސް ހަދާފައި ވެއެވެ. އޭގެ ތެރެއިން ހާއްސަކޮށް މާލެ ކައިރީގައި އޮންނަ އެނބުދޫ ފިނޮޅު ހިއްކައިގެން ތަރައްގީކުރި ކްރޮސްރޯޑްސް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *