ބޮޑު އީދު ދުވަހަކީ ޖޫން 6 ވާ ހުކުރު ދުވަސް

ބޮޑު އީދު ދުވަހަކީ ޖޫން 6 ވާ ހުކުރު ދުވަސް ކަމަށް ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ މިހިނގާ މޭ މަހުގެ 28 ވާ ބުދަ ދުވަހަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަސް ކަމަށެވެ

އެހެންވެ މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވާ ބުރާސްފަތި ދުހަކީ 1446 ވަނަ އަހަރުގެ ޙައްޖު (ޢަރަފާތު) ދުވަސް ކަމަށެވެ.

އަދި އީދު ވާނީ ޖޫން މަހުގެ 6 ވާ ހުކުރު ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *