މަލިކުގައި ދިވެހި ކިޔަވައިދިނުން ހުއްޓާލުމާ ދެކޮޅަށް ވަގުތީ އަމުރެއް

ދިވެހީން ދިރިއުޅޭ އިންޑިއާގެ ލަކްޝަދީފް ޖަޒީރާގައި ހިމެނޭ މަލިކުގައި ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލަން ނިންމި ނިންމުމަށް އަމަލުކުރަން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެފި އެވެ.

ދިވެހި ބަސް ނުވަތަ މަލިކު މީހުން ކިޔާ ގޮތުން ނަމަ "މަހަލް" ބަހަކީ މަލިކުގެ ރައްޔިތުންގެ މާދަރީ ބަހެވެ. އެހެން ނަމަވެސް މަލިކުގައި ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލަން ލަކްޝަދީބުގެ އެޑްމިނިސްޓްރޭޝަންއިން  މިދިޔަ މާޗު މަހު އޮތީ ނިންމައިފަ އެވެ

އެހެންވެ އެ ނިންމުމާ ދެކޮޅަށް ކޯޓަށް މައްސަލަ އޮތީ ހުށަހަޅައިފަ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކެރެއްލާގެ ހައި ކޯޓުން މިހާރު ވަނީ އެ ނިންމުން މަޑު ޖައްސާލަން ވަގުތީ އަމުރެއް ނެރެފަ އެވެ.

އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރު ބަސަންތު ބަލާޖީ އަދި އުއްތަމަ ފަނޑިޔާރު ނިތިން ޖަމްދާރު ވިދާޅުވީ ދިވެހި ބަހަކީ މަލިކުގެ ސަގާފަތާ ވެސް ވަރަށް ބޮޑަށް ގުޅިފައިވަ ބަހެއް ކަމަށާއި ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމުން ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

މަލިކުގައި ދިވެހި ބަސް ކިޔަވައިދެނީ ވެސް ގްރޭޑް ހަތަރަކާ ހަމައަށް އެކަންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *