ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޖަޕާނުގެ ޓޫރިސްޓު މަރުވެފައި އޮއްވާ ފެނިއްޖެ

ކ. މާފުށި ކައިރީގައި އޮންނަ ތިލައަކަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޖަޕާނުގެ ޓޫރިސްޓު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އިއްޔެ ހަވީރު 5:17 ހާއިރު އެ ޓޫރިސްޓު މީހާ މޫދުން ނަގާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އޭނާ ނަގައިގެން މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ޖަޕާނުގެ 26 އަހަރުގެ ފިރިހެނެކެވެ.

އޭނާއަކީ މާފުށި ގެސްޓުހައުސްއަކުން ޓޫރިސްޓުންތަކެއް ގޮވައިގެން އެ ތިލައަށް ދަތުރުކުރި އުޅަނދަކުން ޑައިވިނަށް ފޭބި މީހެކެވެ.

އޭނާ ގެއްލިގެން ސިފައިންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 10:00 ހާއިރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *