ބެލުމެއް ނެތި މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކީ ބަޖެޓާއި ދަރަނި އިންތިހާ އަށް ބޮޑުކުރުން: ސަލީމް

އްޖޭގެ ބަޖެޓާއި އިގުތިސާދީ ހާލަތާ ނުބައްދަލު ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކީ ޑިމޮކްރަސީއާއާ އެކު، އެ ބަޔަކު ހިތަށް އެރި އަގެއްގައި ދައުލަތުގެ ބަޖެޓާއި ދަރަނި އިންތިހާ އަށް ބޮޑުކުރުން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ވިޔަފާރި ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ވިދާޅުވީ، ހާލަތަށް ނުބަލައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަތީޖާއާ މިއަދު ދިވެހިން ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެ ގޮތަށް ތަނެއް ދޮރެއް ނުބަލައި ކަންކަން ކުރުން ކޮންމެވެސް ހިސާބަކުން ހުއްޓުވަން ޖެހޭ ކަމަށެވެ.

"ކޮންމެވެސް ހިސާބަކުން އެބަޖެހޭ މަޑުޖައްސާލާފައި ގައުމު ހަމަޔަކަށް އަޅުވަން. އަދި މި ބުރަ ރައްޔިތުން ވެސް އުފުލަން ޖެހޭ. މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން މި ބުރަ އުފުލަން ޖެހޭ. އުފުލަން ޖެހެނީ މި ގައުމަށްޓަކައި އަދި ކުރިއަށް އޮތް ތަނަށްޓަކައި. އަޅުގަނޑުމެންގެ ދަރިންނަށްޓަކައި،" ޕީއެންސީގެ އެންމެ ސީނިއާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގަން މި ސަރުކާރަށް ވެސް ފުރުސަތު އެބައޮތެވެ. އޭގެ ތެރޭގައި ބޭނުން ވަރަކަށް ފައިސާ ޗާޕު ކުރުމާއި ރަށްރަށް ނުއަގުގައި ވިއްކުން އަދި އެކި ތަންތަނުން ލޯނު ނެގުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *