ރައީސް ޑރ. މުއިއްޒުގެ ހިކުމަތު އަމަލީން ދިވެހިންނަށް ރޯޝަނީކަން!

މުރާލި ކަމާއެކު ގައުމާއި ރައްޔިތުންނަށް ހެޔޮ ގޮތް ހޯއްދަވައި ދެއްވުމަށް ކެނޑިނޭޅި އެގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. ގިނަ ކަންކަމުގައި ރައްޔިތުންގެ ވިސްނުމާއި ޚިޔާލު ހޯއްދަވައި، ގައުމަށާއި ރައްޔިތުންނަށް އެންމެ ހެޔޮގޮތް އިހްތިޔާރު ކުރައްވައެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ޒާތަށް އަމާޒުކޮށް ހަމަލާތައް ދެމުން ދާއިރުވެސް، ރައީސްގެ ވިސްނުންފުޅު ހުރީ އެފަރާތްތަކަށް ރުޅިވެރި މޫނު ދައްކައި، ރައްދު ދެއްވާކަށް ނޫނެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ ހުރިހާވެސް އަމާޒަކީ ދިވެހިންނަށް ރޯޝަނީކަން ހޯއްދަވައިދެއްވަމުންނެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ހެޔޮ މަގަށް ގެނައުމަށް އެމަނިކުފާނު އުނދަގޫ މަސައްކަތްތަކެއް ކުރައްވައިފިއެވެ. އަދިވެސް އެގެންދަވަނީ ކުރައްވަމުންނެވެ. ދިވެހިންގެ އާންމު ސިއްހަތާއި އިޖުތިމާއީ ދުޅަހެޔޮ ކަމަށްޓަކައި މަގުބޫލު ނޫން އެތައް ފިޔަވަޅެއް އަޅުއްވައިފިއެވެ. އެހެންނަމަވެސް މި ހުރިހާ ކަންކަމެއް ގޮސް މި ގުޅެނީ ދިވެހިންގެ އުފާ ފާގަތިކަމާއެވެ. ރޯޝަނީ ކަމާއެވެ.

ރައީސް ޑރ. މުއިއްޒުގެ ހިކުމަތު އަމަލީން ދިވެހިންނަށް ރޯޝަނީކަން ލިބެމުންދާ ވާހަކައަކީ ފުލޯކު ވާހަކައެއް ނޫނެވެ. ވަކި ބަޔެއްގެ މުށުތެރޭގައި އޮތް ބިދޭސީންނާ ގުޅޭ އެކިއެކި ވިޔަފާރިތަކާއި ވަގު ނެޓުވާކުތައް ހަމަ މަގަށް އަޅުއްވައިފިއެވެ. ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަކު ޖަލުގެ ތޭރިތަށުގެ ބިއްދޮށުގައި ދުވަސްތައް މިހާރު ހޭދަކުރަން ޖެހިފައި ވުމަކީ އެކަމުގެ ދިރިހުރި މިސާލެކެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ތިލަފަތް ހަމަކޮށްލުމުން ދިވެހިންނަށް އަމިއްލަވަންތަކަން މުހާރު އެބަ އިހްސާސް ކުރެވެއެވެ. މިނިވަންކަމުގެ މީރުވަސް އެބަ ދުވައެވެ. އެހެންކަމުން މިއީ ވެސް ދިވެހިންނަށް ދިވެހި ފަސްގަނޑަށް ރޯޝަނީކަން ގެނުވި ކަމެކެވެ.

މާލީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ދަނީ ފާލަށް އެޅެމުންނެވެ. މިއަށްވުރެ ބޮޑަށް ގައުމަކަށް ރޯޝަނީކަން ލިބޭނެ ދެވަނަ ކަމެއް ނެތެވެ.

ހަމަ ހަގީގަތުގައިވެސް ރައީސް ޑރ. މުއިއްޒުގެ ހިކުމަތު އަމަލީން ދިވެހިންނަށް ރޯޝަނީކަން ދަނީ ލިބެމުންނެވެ. ވިސްނާ ބަޔަކަށް މިކަމުން އިބުރަތެއް ލިބޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *