އައްޑޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން "ހަމަމަގަށް" އަޅުވަން ބޮޑު އޮޕަރޭޝަނެއް

ގަވާއިދާ ހިލާފަށް އައްޑޫ ސިޓީގައި އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް "އޮޕަރޭޝަން ހަމަމަގު" ގެ ނަމުގައި އެ ސިޓީގައި ހާއްސަ ރެއިޑު އޮޕަރޭޝަނެއް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ރެއިޑު އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.

އެގޮތުން އައްޑޫއަށް ހާއްސަކޮށް ކުރިއަށް ގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" މިއަދު ވަނީ ފަށާފަ އެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އައްޑޫގައި އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރެވޭ ހާއްސަ މަސައްކަތެެއް ކަމަށެވެ. އައްޑޫއަކީ އާބާދީ ބޮޑު އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ތަނެއް ކަމަށާއި މި ރެއިޑު އޮޕަރޭޝަން ކުރިއަށް ގެންދަނީ މުޅި އެ ސިޓީއަށް އަމާޒުކޮށްގެން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *