ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމުން އަހުމަދު ޝަމާހް ރަޝީދު ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ އެމްޑީގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަގާމުން މ. ސިސްކަން، އަޙްމަދު ޝަމާޙް ރަޝީދު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
މި ބަދަލު ގެނައި ސަބަބެއް ޕީސީބީ އިން ހާމައެއް ނުކުރެ އެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި މ. ފަތަހަ، ހުސެއިން ފަހުމީ އެ މަގާމުން ވަކިކޮށް އެމްޑީގެ މަގާމަށް އަހުމަދު ޝަމާހް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.
ޝަމާހް ވަނީ މިފްކޯގެ ސީއީއޯގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.


