އައްސޭރި ޖަލުން ހިންމަފުށީ ސްކޫލަށް ހަދިޔާއެއް، ރީތި 130 ޑެސްކް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން، ދިރާސީ އައު އަހަރަށް އަމާޒުކޮށް، ހިންމަފުށީ ސްކޫލަށް 130 ޑެސްކް ޖަހައިދީފިއެވެ.

މި ޑެސްކްތައް ޖަހައިފައިވަނީ އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުންނެވެ.

މިއީ އިޖްތިމާޢީ ގޮތުން އެހީތެރިވެދިނުމަށް ހިލޭ ކޮށްދެވިފައިވާ މަސައްކަތެކެވެ. އަދި މި މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދީފައިވަނީ ކ. ހިންމަފުށީ ސުކޫލުންނެވެ.

މިފަދަ މަސައްކަތްތަކުން ޤައިދީންގެ ރިހެބިލިޓޭޝަނަށް ހެޔޮ އަސަރުކޮށް، އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީވެގެން ދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *