މާލެއަށް ޔެލޯ އެލާޓް، ބޯކޮށް ވާރޭވެހޭނެ

މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވެ ވެރިރަށް މާލެވެސް ހިމެނޭހެން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކަށެވެ. އެލާޓް ނެރެފައިވަނީ މިއަދދު މެންދުރު ފެށިގެން ހަވީރު ހަތަރެއް ޖެހުމާއި ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި އެލާޓް ނެރެފައިވާ ސަރަައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.

މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށް ވެސް ވިއްސާރަކަމަށެވެ. އެގޮތުން ވިއްސާރަކުރުމާއި އެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެެއެވެ. އަދި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މެޓުން ބުނީ މާދަމާވެސް ރާއްޖެއަށް މޫސުން ގޯސްވާނަކަމަށެވެ. މާދަމައަކީ ކަލަންޑަރު ބުނާގޮތުން މިއަހަރުގެ މުލަ ރޯދަ ދުވަހެވެ. ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރަނީ ހޯމަ ދުވަހަށްކަމަށް މެޓް އޮފީހުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *