ގިނަ އަދަދެއްގެ މާލޭ ރައްޔިތުން ވަނީ ފްލެޓް ލިސްޓުން އުނިކޮށްފައި: އެމްޑީޕީ

ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އިދިކޮޅު އެމްޑީޕީން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ. އަދާޔާ ހިލާފު ގިނައިން މާލޭ ރަށްވެހިން ވަނީ ލިސްޓުން އުނިކޮށްފައި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓުތައް ދިނުމަށް މި ސަރުކާރުން އެކުލަވާލި ލިސްޓުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ދީފައެވެ. އެގޮތުން މާލޭގެ ރަށްވެހިން އާދަޔާ ހިލާފަށް ގިނައިން ޑިސްކޮލިފައިވާކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މާލޭގެ ރަށްވެހިގެން ތެރެއިން 317 މީހަކު ލިސްޓުން އުނިކޮށްފައިވާކަމަށް އެމްޑީޕީން ބުނެއެވެ. އޭގެތެރޭގައި ދެ ކޮޓަރީގެ ފްލެޓް ލިބުނު 69 މީހަކާއި ތިން ކޮޓަރީގެ ފްލެޓް ލިބުނު 247 މީހުން ހިމެނޭކަމަށް އެމްޑީޕީން ބުނެއެވެ.

މީގެއއިތުރުން ގެއެއްގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ތެރެއިން 116 މީހަކުވެސް ލިސްޓުން އުނިކޮށްފައިވާކަމަށް އެމްޑީޕީން ބުނެއެވެ. އަދި ދަފްތަރުގައި ހިމެނުނު މީހުންގެ ތެރެއިންވެސް 200 މީހުން ލިސްޓުން އުނިކުރިކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ވަނީ ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެ ޕާޓީން އެއހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ. އެގޮތުން ފްލެޓު ލިސްޓަށް މި ސަރުކާރުން ބަދަލު ގެނެސް އެތައް ހައްގުވެރިންނެއް އުނިކޮށްފައިވާ ފަރާތަކަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްޑީޕީން ވަނީ ހާއްސަ ޕޯޓަލްއަކާއި ހޮޓްލައިނެއް ގާއިމުކޮށްފައެވެ.

ފްލެޓު ލިސްޓާ ގުޅޭ ޝަކުވާއެއް އޮތްނަމަ https://flat.mdp.org.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެކަމަށް އެމްޑީޕީން ބުނެއެވެ. އަދި، 7571637 ނަންބަރަށް ވަޓްސްއެޕް، ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެކަމަށްވެސް އެމްޑީޕީން ބުނެއެވެ.

މި ފުރުސަތު މާޗު މަހުގެ ނިޔަލަށް ހުޅުވާލެވިފައި އޮންނާނެކަމަށާއި މާދަމާ ރެއިން ފެށިގެން ކޮންމެ ރެއެއްގެ 09:15 އިން ފެށިގެން 11:30 އަށް ޗާންދަނީ މަގުގައި ހުންނަ ދަނޑިކޮށީ ހަރުގެއަށް ގޮސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *