މާފުށީ ޖަލުގައި ޒުވާނަކު އަމިއްލައަށް މަރުވެއްޖެ

މާފުށީ ޖަލުގައި ޙުކުމްތަންފީޛު ކުރަމުން ދިޔަ ޒުވާނަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ ސ. މަރަދޫ / ފޯ ފްލާވަރ އުމުރުން 23 އަހަރުގެ އިބްރާހިމް ޝަމްވީލްއެވެ.

ކަރެކްޝަނުން ބުނީ މިއަދު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.. އަދި 4:55 ގައި އިބްރާހިމް ޝަމްވީލް މަރުވެފައިވާކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާކަމަށެވެ.

މި ޒުވާނަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ ޒުވާނަކެވެ.

އިބްރާހިމް ޝަމްވީލް މަރުވާ ގުޅިގެން މިސާވިސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާކަމަށް ކަރެކްޝަނުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *