ސޭފް ހޯމް އެޅުމަށް ސަރުކާރުން 10،000 އަކަފޫޓުގެ ބިން ގަނެފި

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބުމަށް ޚާއްސަ ”ސޭފް ހޯމް“ އެއް ތަރައްގީ ކުރުމަށް ސަރުކާރުން ހުޅުމާލެއިން 31.5 މިލިއަން ރުފިޔާއަށް ބިމެއް ގަތުމަށް އެޗްޑީސީއާއެކު އެއްބަސްވެއްޖެ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވާގޮތުން، މި މުއާމަލާތް ކުރިއަށް ގެންގޮސްފައިވަނީ ފެމިލީ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި ބިމަކީ ހުޅުމާލޭ ލޮޓް ނަންބަރު (A2-1) 11707 ގައި އޮންނަ 10،000 އަކަފޫޓުގެ ބިމެކެވެ.

ސޭފް ހޯމްއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ ބެލުމުގެ ދަށުން ހިންގާ މަރުކަޒެކެވެ. މި މަރުކަޒު އެޅުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރު ރާއްޖެއާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިފައިވާ އެހީގެ ތެރެއިންނެވެ.

މި މަޝްރޫއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. މި ފެސިލިޓީ ތަރައްގީ ކުރުމުން، އެފަދަ ހާލަތްތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބެލެވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *