އަސްކަރީ އާލާތްތައް ހަމަ, ބަރު ހަތިޔާރުގެ މަނަވަރެއް ތުރުކީން ރާއްޖެއަށް ވެދުންކުރުމަކީ ރައީސްގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަކަން: މުހްތާޒު

ރާއްޖެއަށް ފުރަތަމަ ބަރު ހަތިޔާރުން ބަރާ ކުރެވޭނެ, މަނަވަރު ތުރުކީން ވެދުން ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަކަން ކަމަށް ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސެޑަރ މުހްތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

މުހްތާޒު ވިދާޅުވީ ތުރުކީވިލާތުން އަސްކަރީ ގޮތުން ކުރި އަރާފައިވާ ތުރުކީ ވިލާތުގެ އަސްކަރިއްޔާއިން މިހާރުވެސް ބޭނުން ކުރަމުންދާ ބަރުހަތިޔާރާއި މިސައިލް ބޭނުން ކުރެވޭ މަނަވަރެއް އަސްކަރީ ފުރިހަމަ އާލާތްތަކާއި އެކު ދިވެހި އަސްކަރިއްޔާއަށް ހަދިޔާ ކުރުމަކީ ފަހުރެއް ކަމަށެވެ.

“ދިވެހި ގައުމުގެ ސިޔާދަތީ ބާރާއި މިނިވަން ކަމާއި ދިވެހި މަސްވެރިންނާއި މަސް ކަނޑުތަކުގެ ހިމާޔަތުގައި ދިވެހި އަސްކަރިއްޔާއަށް ބަރު ހަތިޔާރުން ބަރާކުރެވޭނެ ފުރަތަމަ މަނަވަރު, އަސްކަރީ ގޮތުން ކުރިއަރާފައިވާ ތުރުކީވިލާތުން ދިވެހިންނަށް ވެދުން ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަ ކެމެވެ.“ މުހްތާޒު ކުރައްވާފައިވާ އެކްސް ޕޯސްޓެއްގައި ވިދާޅުވެެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *