މާލޭގެ މާފަންނުގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހެއްގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ބޭނުން ނުވުމުން މައްޔިތާ ވަޅުލައިފިއެވެ.
ފުލުހުން މިރޭ ބުނީ، މ. އަލުވިމާގެއާގެއިން މި މަހުގެ 22 ވަނަ ދުވަހު މަރުވެފައި އޮތް މީހަކު ފެނުނު ކަމަށާއި އެ މައްސަލަ އެ ދުވަހުގެ 16:40 އެހާއިރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ އުމުރުން 40 އަހަރުގެ މުޙައްމަދު ހިސާމް ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ބުނީ، އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލައި، ޕޯސްޓްމޯޓަމް ހެދުމާއި ގުޅޭގޮތުން އާއިލާއާއި މަޝްވަރާކޮށްފައިވާނޭ ކަމަށެވެ.


