މަހާޒާއި އަޒްމިރާލްދާ ވަކި ކުރަން ޖޭއެސްސީއިން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކި ކުރަން ފެންނަ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީއިން ނިންމި ރިޕޯޓު އެ ކޮމިޝަނުން މިއަދު ފާސްކޮށްފިއެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީން ނިންމުމުން ދެން އެ މައްސަލަ ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. ފަނޑިޔާރުން މަގާމުން ވަކިވާނީ މަޖިލީހުން އެކަން ފާސް ކުރުމުންނެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައި ވަނީ ކްރިމިނަލްކޯޓުގެ ފަނޑިޔާރުންނަށް ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ޖޭއެސްސީން ހެދި ކުޑަ ކޮމެޓީން ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ލަދާފޭން ނިންމި މައްސަލާގައެވެ.

އެ ކޮމޓީގައި ތިއްބެވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ރައީސް މުހައްމަދު މުއިއްޒުގެ މެމްބަރު ޔަޒްމީދު މުހައްމަދާާއި ވަކީލުން ތަމްސީލްކުރާ މެމްބަރު އަލީ އަބްދުއްލަތީފްއެވެ. އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމްވެސް ދުވަސް ކޮޅަކަށް އެ ކޮމެޓީގައި މަސައްކަތް ކުރެއްވިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މައްސަލަ ބަލާ ކޮމިޓީން ހަގީގަތާ ހިލާފު ރިޕޯޓެއް ތައްޔާރުކޮށްފައިވާކަމަށް ވިދާޅުވެ ޑރ. އަޒްމިރަލްދާ ޒާހިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *