އަޒުމިރަލްދާގެ ފިރިކަލުން 'ޑައިމެންޑް ފިންގަރ' މަސާޖް ޕާލާގެ ހިދުމަތަށް ދައްކާފައި ވަނީ 450 ރުފިޔާކަން ހާމަވެއްޖެ

އަޒުމިރަލްދާގެ ފިރިމީހާ ތައިލޭންޑް އަންހެން މީހާގެ ހަށި ގަނެފައިވަނީ 450 ދިވެހި ރުފިޔާއަށް ކަމަށް ޖޭއެސްސީ ތަހްގީގް ރިޕޯޓުން ހާމަވެއްޖެ އެވެ.

މަސާޖް ޕާލާއަކުން ހަށިގަތް ސްޕްރީމް ކޯޓްގެ ފަޑިޔާރު ޑރ. އަޒުމިރަލްދާގެ ފިރިމީހާ ދޫކޮށްލިއިރު، ހަށިވިއްކި ތައިލޭންޑް އަންހެންމީހާ ވަނީ 15 ދުވަހަށް ބަންދުކޮށްފައިވާކަން ވެސް ޖޭއެސްސީ ތަހްގީގް ރިޕޯޓުން ފާހަގަކޮށްފައިވެ އެވެ.

ޖޭއެސްސީގެ ތަހްގީގް ރިޕޯޓްގެ ސަފްހާ 8ގެ 1.5 ނަމްބަރުގައި ބުނެފައި ވަނީ ސްޕްރީމް ކޯޓުގެ ފަޑިޔާރު ޑރ. އަޒުމިރަލްދާގެ ފިރިކަލުން “ޑައިމަންޑް ފިންގަރ“ މަސާޖް ޕާލާއަކަށް ފުލްބޮޑީ އޮއިލް މަސާޖަކަށް 450 ދިވެހި ރުފިޔާ ދައްކާފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އެ މަސާޖްޕާލާގެ 2 ނަމްބަރު ކޮޓަރިއަށް ވަތްއިރު އަޒުމިރަލްދާގެ ފިރިކަލުން ފޫކޮޅު މަތީ ކުޑަ ތުވާލި ބުރިއެއް އަޅައިގެން އޮރިޔާމުން ބަންޑުން އޮސޯވެ އޮތް ކަމަށާއި އެނދު ކައިރީގައި ތައިލޭންޑް އަންހެން ކަނބަލެއް ޖޭއެސްސީ ރިޕޯޓްގައި ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *