ދުނިޔެއަށް އަންނަ ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭ: ރައީސް

ދުނިޔެއަށް އަންނަ ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ދޫކޮށްލެވި ތަހުނިޔާގެ މެސެޖުގައެވެ.

ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ތަހުނިޔާ ފޮނުއްވާ ރައީސް މުއިއްޒު ކުރެއްވި މެސެޖުގައި ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭކެމަށެވެ. އަދި މާދަމާ ދިވެހި ގައުމީ ނަވައިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ގާބިލްކަމާއި ހިތްވަރު އެކުދިންނަށް ލިބޭނީ މިއަދު އެކަމަށް މަސައްކަތް ކޮށްދީގެންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ މޭމަހުގެ 10 ވަނަދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. އަދި މި ދުވަސް ކުޑަކދުިންގެ ބްރޯޑްކާސްޓް ކުރާ ދުވަހުގެ ގޮތުގައިވެސް އަންނަނީ ފާހަގަކުރަމުންނެވެ.

މިއަަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް މުޅި ރާޢްޖޭގައި ފާހަގަކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ގޮތުން މާލޭގެ ބައެއް ސަރަހައްދުތަކުގައި މިއަދު ކުޑަކުދިންގެ ހަވީރުތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

 

މާލޭގައި ކުޑަކުދިންގެ ހަވީރުތައް އޮންނަ ސަރަހައްދުތައް

ހެންވޭރު ދަނޑު

ރަސްފަންނު

ސެންޓަރަލް ޕާކު

ވިލިމާލެ

ޖުމްހޫރީ މައިދާން

ސަލްޓަންޕާކު

މި ހަރަކާތްތައް އިންތިޒާމުކުރެވިގެން ދާނީ ކުޑަކުދިންނާއި ގުޅޭ ޝައުގުވެރި ތައުލީމީ ހަތަކާތްތަކާއި މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ހިމެނޭ ގޮތަށްކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މި ކުޑަކުދިންގެ ހަވީރުތަކުގައި ބައިވެރިވެ، އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ދިޔުމަށް މިނިސްޓްރީން އެދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *