ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފި: މިނިސްޓަރ

ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރަންޖެހޭ ކަމަށް ޖެހޭކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ

މިނިސްޓަރު އެފަދައިން ވިދާޅުވީ ސްޓޭޓް އޮފް ދި ވޯލްޑް ޕޮޕިއުލޭޝަން (ސްވޮޕް) ރިޕޯޓް ނެރުމަށް މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނެވެ.

ސްޓޭޓް އޮފް ދި ވޯލްޑް ޕޮޕިއުލޭޝަން (ސްވޮޕް) ރިޕޯޓަކީ ޔުނައިޓެޑް ނޭޝަން ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ދުނިޔޭގެ އާބާދިއަށް އަންނަ ބަދަލުތަކާއި މިކަމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައިގެން ކޮންމެ އަހަރަކު އެއްފަހަރު ނެރޭ ރިޕޯޓެކެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ދިއުމަށް ދިމާވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ އާއިލާއެއް ބިނާކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ކަށަވަރުވެގެންދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *