ބޯކަޅު ކުރުން ހުއްދަ: ފަތުވާ ދޭ މަޖިލިސް

ބޯކަޅު ކުރުން ހުއްދަކަމަށް ރާއްޖޭގައި އިސްލާމީ ފަތުވާ ދެ އެންމެ މަތީ މަޖިލިސްއިން ބުނެފި އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްއިން މިދިޔަ ފެބްރުއަރީ މަހު ނެރުނު ފަތުވާއެއްގައި ބުނީ އެ މައްސަލައިގައި އިލްމުވެރިންގެ މެދުގައި މައިގަނޑު ދެރައުޔެއް ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި އެއީ ކުރުން ހަރާމްކަމެއް ކަމަށް ވިދާޅުވާ އިލްވެރިންގެ ރައުޔާއި ހުއްދަކަމަށް
ވިދާޅުވާ އިލްމުވެރިންގެ ރައުޔު ހިމެނޭ ކަމަށާއި ދެ ރައުޔުވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށްކަމަށް ވެސް އެ މަޖިލީހުން ބުންޏެވެ.

ނަމަވެސް ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަކަމަށް ފާހަގަ ކުރެވިފައިވާތީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަކަމަށް ކަމަށް ވެސް އެ މަޖިލީހުން ބުންޏެވެ.

"އެ މައްސަލަ ދިރާސާ ކުރައްވައި ޢިލްމުވެރިން ނެރުއްވައިފައިވާ ހުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިހާދާ އެވެ. މިއީ އިޖުތިހާދީ މައްސަލައަކަށްވާތ،ީ އިސްވެ ދެންނެވުނު މައިގަނޑު ދެރައުޔަކީވެސް އިލްމުވެރިން ގަބޫލުކުރައްވައިފައިވާ ދެރައުޔެވެ" ފަތުވާގައި ބުނެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *