ތ. ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވި ޙާދިސާގައި ފިހުނު މީހާ ވެންޓިލޭޓަރުން ނަގައިފިއެވެ.މިމަހުގެ ފުރަތަމަ ދުވަހު ހިނގި މި ޙާދިސާގައި އަލިފާން ރޯވީ ތެޔޮ އުފުލަން ބޭނުންކުރާ ދެ ދޯނީގައެވެ. އަލިފާން ރޯވިއިރު ދެ ދޯންޏަށް ވަނީ ތެޔޮ ބަރުކޮށްފައެވެ.

އައިޖީއެމްއެޗުން ބުނީ އަލިފާނުގެ ހާދިސާގައި ފިހުނު 61 އަހަރުގެ ދިވެހި މީހާ ވެންޓިލޭޓަރުން ނަގައި މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި ޙާދިސާގައި ފިހުނު ބިދޭސީ މީހާއަށް ފަރުވާދީފައިވަނީ ވިލުފުށި ހެލްތު ސެންޓަރުންނެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.