ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެއްޖެ

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ރޭ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޒެބްރާ ކްރޮސްއަކުން ދިޔަ މީހަކާއި އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ އައިޖީއެމްއެޗްއަށް ގެންދިޔައިރު އޭގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ޒުވާނާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އަނިޔާވި އަނެއް ދެ މީހުންގެ ހާލުވެސް ސީރިއަސްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *