ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ވިނަރެސް ޓަވަރުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެ އެވެ.
ވިނަރެސްގެ 8 ވަނަ ޓަވަރުން ވެއްޓުނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަމަށެވެ.
އެ މީހާ ވެއްޓުނު ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.


