ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ތާރީހީ އަދި އެންމެން ސަޕްރައިޒްކޮށްލާ ވަރުގެ ހަވާއެއް އަރުވަން އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ލަމްއާން މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އަދި އާ ޓާމިނަލް ހުޅުވުމަށް ހޮނިހިރު ދުވަހުގެ ރޭ މާލެ ސަރަހައްދުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރެއިން އެންމެ ހާއްސަ އެއް ހަރަކާތަކަށް ވާނީ އެ ރޭ ބާއްވާ ހަވާ އެރުވުމާއި ޑްރޯން ޝޯ އެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑު ސަޕްރައިޒެއްގެ ގޮތުގައި މި ކުރިއަށް ގެންދަނީ،" ލަމްއާން ވިދާޅުވި އެވެ.
"މިހާތަނަށް ރާއްޖޭގައި ނުފެންނަ ވަރުގެ ހަވާއެރުވުމާއި އޭގެ އިތުރުން ޑްރޯން ޝޯ އާއި އަދިވެސް ސަޕްރައިޒިން އިވެންޓްތައް ކުރިއަށް ގެންދާނެ."
ސަޕްރައިޒަކަށް ވާތީ އިތުރު އެއްވެސް ތަފުސީލެއް އޭނާ ނުދެއްވަ އެވެ.


