އެސްޑީއެފްސީ އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލަށް ވިއްކާލަނީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންޝިއަލް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލަށް ވިއްކާލަން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ބޭއްވި ބައްދަލުވުމުގަ އެވެ.

އެއީ ބީއެމްއެލް އިން އެ ކަމުގެ ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުން، ފިނޭންސް މިނިސްޓްރީން ދިރާސާކޮށް އެކުލަވާލި ކަރުދާހެއް ކެބިނެޓަށް ހުށަހަޅައި މަޝްވަރާ ކުރުމަށް ފަހެވެ.

ބީއެމްއެލުން ހުށަހެޅި ކަންކަމުގެ ތެރޭގައި:

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް
ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް
އަލަށް ފަށާ ވިޔަފާރިތަކަށް ނުވަތަ ވިޔަފާރި ފެށުމަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރު 300 މިލިއަން ރުފިޔާ ދޫކުރުމަށް
ރައީސް އޮފީހުން ބުނީ ކެބިނެޓުގެ މި ނިންމުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއް ނެތި ލޯނު ދޫކުރެވެމުންދާނެ ކަމަށެވެ.

މި ބަދަލަށް ފަހު ވެސް އެސްޑީއެފްސީން ދޫކުރާ ލޯނުތައް ދޫކުރަމުން ދާނީ ކުރިން ވެސް ދޫކުރަމުން ދިޔަ އިންޓްރެސްޓް ރޭޓުގައި ކަމަށް ވެސް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *