ފަތުވާއަށްފަހު، ހުސްކުރި މާފަންނު ސަހަރާގައި ޕާކިން އެކަނި ހަދަނީ

ސަހަރާ ހުސްކުރުން ރަނގަޅު ނޫން ކަމާއި ސަހަރާއެއް ހުސްކޮށްފައި ވެސް އެ ތަނުގައި ކުޅިވަރު ކުޅޭ ތަންތަނާއި ހިތްހަމަޖައްސަން ޕާކު ހެދުން މަނާ ކަމަށް ފަތުވާ ނެރުމުން މާފަންނު ސަހަރާ ހިމެނޭ ސަރަހައްދުގެ ޕްލޭން ބަދަލުކޮށްފި އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސަހަރާގެ ޕްލޭނަށް ބަދަލުތައް ގެނައީ ފަތުވާ މަޖިލީހުން ނެރުނު ފަތުވާއަށް އިހުތިރާމު ކުރުމަށް ކަމަށެވެ.

މީގެ ކުރިން ސަހަރާ ހުސްކޮށް އެ ތަނުގައި ބާސްކެޓް ކޯޓަކާއި މައިޒާނެއް އަދި ކުޅިވަރު ކުޅޭނެ ތަނެއް ވެސް ހިމެނި އެވެ.

ސަހަރާ ހުސްކުރި ފަހުން ނެރުނު ފަތުވާއާ ގުޅިގެން އެ ތަނުގައި ބާސްކެޓް ކޯޓާއި މައިޒާން އަދި އެފަދަ އެހެން ތަންތަން ވެސް ނޭޅުމަށް ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެ ތަން ދެން އޮންނާނީ ގަސްގަހުގެ ފެހި ސަރަހައްދެއް ގޮތަށެވެ. އަދި އުޅަނދު ޕާކް ކުރާނެ ޖާގައެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *