އިންޑިއާއެކު ރާއްޖެއިން މުހިއްމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާ އިންޑިއާއާ ދެ ގައުމު ދެމެދު 8 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ އެއްބަސްވުންތަކަކީ:

ރާއްޖެއާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރި (އެފްޓީއައި) އެއްބަސްވުމެއް ގާއިމުކުރުމަށް މަޝްވަރާކުރުން
ޑޮލަރު ކްރެޑިޓު ލައިން އެއްބަސްވުމުގައި ސޮއިކުރުން
565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފްރޭމްވޯކް އެއްބަސްވުން
ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން
މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
މޫސުމާބެހޭ އިލްމާއި ތިމާވެށީގެ ދާއިރާއިން އޮނިގަނޑެއް ގާއިމުކުރުމާ ބެހޭ އެއްބަސްވުން
ކްރޮސް ބޯޑާ ރެމިޓެންސް އެއްބަސްވުން
ޑިޖިޓަލް ދާއިރާއިން ދެ ގައުމު ދެމެދު ގުޅުން ބަދަހިކުރުމާގުޅޭ އެއްބަސްވުން
ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.

މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ދެގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވޭ ތާރީހީ ދަތުރުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *