އުއްތަމަ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައިފި

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާކުރެއްވުންނެވެ.

އެހެންވެ އެ މަގާމަަށް ކުރިމަތިލުމުގެ ފުރުސަތު މިއަދާ ހަމައަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އިން އޮތި ހުޅުވާލައިފަ އެވެ.

މުއްދަތު ހަމަވި އިރު އެ މަގާމަށް ކުރިމަތިލެއްވީ ހަތަރު ބޭފުޅުން ނެވެ.

އޭގެ ތެރޭގައި ހިމެނެނީ

އަބްދުލް ގަނީ މުހައްމަދު
ޝުޖާއު އުސްމާން
އަބްދުﷲ މުހައްމަދު
ްައަބްދުލް ގަނީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ފުރުއްވާފައިވާ އިރު ޝުޖާއު އުސްމާން ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ކުރިން ފުރުއްވައިފަ އެވެ.

އަދި އަބްދުﷲ މުހައްމަދު ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ފުރުއްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުން މަތީގެ ސުންނަތް ޖަމާއަތު މުސްލިމަކަށް ވުމާއެކު ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައި ވުން ހިމެނެ އެވެ.

އިތުރު ޝަރުތުތައް:

އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިކުކޮށްފައި ވުން
ފަނޑިޔާރުކަމުގައި ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވުން
ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެެރި ނުވުން އަދި ސިޔާސީ މަގާމެއް ފުރަމުންދަ މީހެއްކަމުގައި ނުވުން
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވާތީ ސުޕްރީމް ކޯޓުގެ ހިންގުން ހަވާލުކޮށްފައި އޮތީ ފަނޑިޔާރު އަބްދުﷲ ހަމީދުއާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *