ތަރިކައިން އާމްދަނީ ހޯދަން މިނިސްޓަރާއި އާރުޑީސީގެ އާ އެމްޑީ މަޝްވަރާކުރައްވައިފި

ތަރިކައިން އާމްދަނީ ހޯދަން ކަލްޗާ މިނިސްޓަރު އާދަމް ނަސީރުއާއި އާރުޑީސީގެ އާ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް މިއަދު މަޝްވަރާކުރައްވައިފި އެވެ.

ސަރުކާރުން ބުނި ގޮތުގައި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫއާ ގުޅޭ ގޮތުން މަޝްވަރާކުރެއްވީ އޭގެ އަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ގޮތުންނެވެ.

އަދި ޣާޒީ ރަދުންގެ އަސަރުތައް ދިރުވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ސަރުކާރުން ބުންޏެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނަޒީމް އައްޔަންކުރީ އިއްޔެ އެވެ. މިއީ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ނަޒީމްގެ ފުރަތަމަ މަސައްކަތު ދުވަހުގެ ބޭއްވި ބައްދަލުވުންތަކުން ފާހަގަކޮށްލެވޭ އެއް ބައްދަލުވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *