ރައީސަށް އިންޒާރު ދިން މަސީހުގެ ބަންދަށް 10 ދުވަސް ޖަހައިފި

ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ރައީސަށް މަރުގެ އިންޒާރު ދީފައި ވަނީ ފޭސްބުކްގައި "މަސީހް މޫސާ" ނަމުގައި ހަދާފައިވާ ފޭސްބުކް އައިޑީ އަކުން ކުރި ޕޯސްޓެއްގަ އެވެ.

އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުނަށް މަރުގެ އަދަބު ކަނޑައެޅުމަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު އިތުރަށް ދިރާސާކުރަން އިދާރާތަކަށް ރައީސް އެންގެވުމުން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކުރުމަށް ފަހު އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ (25) ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ ފޯނުވެސް ހިފަހައްޓާފައިވާ ކަމަށެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *