ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުއިއްޒު މިރޭ މާލެ ވަޑައިގަންނަވަނީ

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ އަންނަން ފުރާވަޑައިގެންފި އެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ.

މި ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮސްފައެއް ނުވެ އެވެ.

ރައީސް ވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް، މިދިޔަ ޖޫން 29، އިން މި މަހުގެ 2 އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އޭގެކުރިންވެސް ރައީސް ނުރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް ވަޑައިގެންފައިވެ އެވެ.

ސިންގަޕޫރަކީ ރާއްޖޭގެ ރައީސްކަން ކުރައްވާ ބޭފުޅުން ނުރަސްމީ ދަތުރުފުޅުތަކުގައި ވަރަށް ގިނައިން ވަޑައިގަންނަވާ ޤައުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *