ކެންދޫގެ ބިން ހިއްކައި ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ބ.ކެންދޫގެ ބިން ހިއްކައި ބަނދަރު ހަދަން ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ސޮއިކުރެއްވި އިރު އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓެޔާރޑް) އަހްމަދު ސައުދީ އެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 119،3 މިލިއަން ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ކުރަން 112،016 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކަން ނިންމާފައިވާ އިރު 278 މީޓަރުގެ އެއްގަމު ތޮށި ވެސް ޖަހާނެ އެވެ.

އޭގެ އިތުރުން 971 މީޓަރުގެ ރިވެޓްމަންޓެއް ގާއިމުކޮށް 62 ފައިކަށި އަދި 29 ނެރު ފައިކަށި ޖަހާނެ އެވެ.

އެ މަޝްރޫއުގައި ހިމެނޭ އިތުރު މަސައްކަތްތަކުގެ ތެރެއިން

  • 78 މީޓަރުގެ އެއްގަމު ތޮށި ޖަހާނެ
  •  10 މޫރިން ބޮއި ހަރުކުރާނެ
  • ޖެޓީ އާއި ރޭމްޕު ވެސް އަޅާނެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *