55 ރަށުގެ ކައުންސިލް އިމާރާތް އަޅަން އާރުސީސީއާ ހަވާލުކޮށްފި

55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށް، އެއްބަސްވުމުގައި ރޭ ސޮއިކޮށްފި އެވެ.

ލޯކަލް ގަވަނަންސް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މި އޮގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

ޕްރޮޖެކްޓް ހަވާލު ކުރީ އެއް އަހަރު ތެރޭގައި ނިންމާ ގޮތަށެވެ. ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

މި މަސައްކަތް ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ކުންފުންޏަކާ އެވެ. ނަމަވެސް މަސައްކަތް ނުހިނގައި އެ އެއްބަސްވުން ފަހުން ބާތިލްކުރި އެވެ.

މި ޕްރޮޖެކްޓުގެ އަގު 600 މިލިއަނަށްވުރެ މައްޗެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *