ފަސް ކިލޯ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މާބަނޑު އަންހެނަކު ހައްޔަރުކޮށްފި

ރާއްޖެއަށް ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ނެދަލެންޑްސްގެ މާބަނޑު އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި އަންހެން މީހާގެ ލަގެޖް ބަލައި ފާސްކުރިއިރު ފަސް ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މި އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ.

އެ އަންހެން މީހާއަކީ މާބަނޑު މީހަކަށްވާތީ، އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް، ތަހުގީގުގެ މަރުހަލާތައް އަވަސްކޮށްދިނުމަށް އޭނާގެ ވަކީލު އެދިފައިވާ ކަމަށް ކޯޓުން ބުނެފައިވެއެވެ.

އޭނާގެ ހާލު ގާތުން ބެލުމަށް ފުލުހުންނަށް ކޯޓުން ވަނީ އަންގާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *