ގޭންގް ކުށްތަކުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބަޔަކު ހައްޔަރުކޮށްފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، ތޫނު ޚަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން، މާލެއިން ހައްޔަރުކުރި މި ތިން މީހުންގެ ތެރެއިން އެކަކު 30 ދުވަހުގެ މުއްދަތަށް އަދި އަނެއް ދެމީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގައެވެ.

ނަމަވެސް، މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކުރިން އަމަލުކުރަމުން އައި ގޭންގް ކުށްތަކާ ބެހޭ ގާނޫނުގައި ހުރި ގާނޫނީ ހުރަސްތަކާ ހެދި އެ ގާނޫނު އުވާލުމަށްފަހު، އަލަށް އެކުލަވާލެވުނު ގާނޫނުގައި ގޭންގްތަކާއި ގޭންގްތަކުން ހިންގާ ކުށްތަކަށާއި އެހެނިހެން ނުރައްކާތެރި ކުށްތަކަށް ކުރިއަށްވުރެ ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައިވާކަމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *