މެޑިކަލް ސާމާނު ގެންނަ ކުންފުނީގެ އެމްޑީއަކަށް ޑރ. ޝާހު މާހިރު

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ޑރ. ޝާހު މާހިރު އައްޔަން ކުރައްވައިފިއެވެ.

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުންފުންޏެއް އުފެއްދެވީ މި މަހުގެ9 ވަަނަ ދުވަހުއެވެ.

އެ ކުންފުނި އުފެއްދުމުގެ މަޤްޞަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށްގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ބޯޑަށް ތިން މެންބަރަކު ވަނީ އައްޔަނު ކުރައްވާފައެވެ.

ޑރ. ޝާހް މާހިރު/ ވ. ފަށާ މަންޒިލް، މެނޭޖިންގ ޑިރެކްޓަރު

އައިޝަތު މުހައްމަދު/ މ. ކުރެއްްދޫގެ، ބޯޑު މެންބަރު ކަމަށް

ޝިބާނާ އަބްދުﷲ ދީދީ/ ފްލެޓް ނަންބަރު 10-3-1، ބޯޑު މެންބަރު ކަމަށް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *